ދެވަނަ ކުއަރޓާގެ ތަފާސްހިސާބު
ދެވަނަ ކުއަރޓާގައި އިންޑިއާއިން އެކްސްޕޯޓް ކުރި މިންވަރު 100 ބިލިއަން ޑޮލަރަށްވުރެ މައްޗަށް
 
މިއީ އިންޑިއާއިން މުދާ އެކްސްޕޯޓް ކުރި މިންވަރު މިހާ މައްޗަށް އެރި ފުރަތަމަ ފަހަރު
ކ. މާލެ |
ސެޕްޓެމްބަރު މަހު އިންޑިޔާއިން ވަނީ 33.44 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފައި
ސޯޝަލް މީޑިއާ

ދެވަނަ ކުއަރޓާގައި އިންޑިއާ އިން އެކްސްޕޯޓް ކުރި މިންވަރު 100 ބިލިއަން ޑޮލަރަށްވުރެން މައްޗަށް އަރައިފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އިން ބުނީ ސެޕްޓެމްބަރު މަހު ނިމުނު ކުއަރޓާގައި އެ ގައުމުން 101.89 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފައިވާ ކަމަށެވެ. މިއީ އިންޑިއާ އިން މުދާ އެކްސްޕޯޓް ކުރި މިންވަރު މިހާ މައްޗަށް އެރި ފުރަތަމަ ފަހަރެވެ.

އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި ސެޕްޓެމްބަރު މަހު އެ ގައުމުން ވަނީ 33.44 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފައެވެ. ދެވަނަ ކުއަރޓާގައި އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ޖުލައި މަހުއެވެ. އެއީ 35.17 ބިލިއަން ޑޮލަރުގެ މުދަލެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިންޑިއާ އިން ވަނީ 197 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓް ކޮށްފައެވެ. އިންޑިއާ ސަރުކާރުން ވަނީ 400 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓް ކުރުމަށް އަމާޒު ހިފާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
100%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved