ދިރާގު މޮބައިލް އިންޓަނެޓް
މޮބައިލް އިންޓަނެޓަށް ގެނައި ބަދަލާއެކު ކަސްޓަމަރުން ޑޭޓާއަށް ކުރާ ޚަރަދު ކުޑަވެގެންދާނެ: ދިރާގު
 
ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންތަކަށް 29 އިންސައްތަ އާ ހަމައަށް އިތުރު އެލަވަންސް ލިބިގެންދާނެ
ކ. މާލެ |
ދިރާގުގެ ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަން މުހައްމަދު މިރްޝަން ހަސަން
ރާއްޖެއެމްވީ

މޮބައިލް އިންޓަނެޓަށް ގެނައި ބަދަލާއެކު ކަސްޓަމަރުން ޑޭޓާއަށް ކުރާ ޚަރަދު ކުޑަވެގެންދާނެ ކަަމަށް ދިރާގުން ބުނެފިއެވެ.

ދިރާގަށް 33 އަހަރު ފުރުނު މުނާސާބަތުގައި ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ސަރުކާރުން އިންޓަނެޓްގެ އަގުތައް ހެޔޮކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަން މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގުގެ އަމާޒަކީ ކަސްޓަމަރުން ބޭނުންވާ ބަދަލުތަކާއެއްގޮތަށް ލުއިފަސޭހަކޮށް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހައްލު ހޯދައިދޭން މަސައްކަތް ކުރުން ކަމަށެވެ. އަދި އިންޓަނެޓްގެ އަގުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ކަސްޓަމަރުންނަށް ޚިދުމަތް ލިބިގަންނަން އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މިރްޝާން އިތުރަށް ވިދާޅުވީ ދިރާގުން އަބަދުވެސް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ކޮންމެ އަހަރަކުވެސް އިންވެސްޓްމަންޓްތައް ކުރަމުންދާ ކަމަށެވެ. އަދި ކޮންމެ މަހަކު ވެސް ކަސްޓަމަރުންނާއި ޑިމާންޑާއި ކަސްޓަމަރުންގެ ހުރި ދަތިތައް އޮޅުންފިލުވާ އެކަމަށް ހައްލު ހޯދައިދޭން ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މޮބައިލް އިންޓަނެޓަށް ގެނައި ބަދަލާއެކު ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންތަކަށް 29 އިންސައްތަ އާ ހަމައަށް އިތުރު އެލަވަންސް ލިބިގެންދާނެއެވެ. އެހެންކަމުން، ޑޭޓާގެ އަގު 22 އިންސައްތައާ ހަމައަށް ހެޔޮ ވެގެންދާނެއެވެ. ހަމަ މިއާއެކު، ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކަށް 36 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ. އެގޮތުން، ކޮމްބޯ ޕްލޭންގެ ޑޭޓާގެ އަގު 33 އިންސައްތައާ ހަމައަށް ހެޔޮވެގެންދާނެއެވެ. މީގެ އިތުރުން، އެލް.ޓީ.އީ ބްރޯޑްބޭންޑް "ވަގުތުން ގެއަށް އިންޓަނެޓް" ޕެކޭޖްތަކަށް 30 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބުމުގެ އިތުރަށް އިންޓަނެޓްގެ ސްޕީޑް 10 އެމް.ބީ.ޕީ.އެސް އިން 25 އެމް.ބީ.ޕީ.އެސް އާ ހަމައަށް އިތުރު ވެގެންދާނެއެވެ. މި ގެނައި ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު ޚަރަދަކާ ނުލައި ގިނަ ކަންތައްތައް އިންޓަނެޓް މެދުވެރިކޮށް ކުރެވޭނެއެވެ. އަދި ކޮންމެ ޖީބީއަކަށް ދާ ޚަރަދު ނިސްބަތުން ހެޔޮވެގެންދާނެއެވެ.

ދިރާގުގެ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކީ ކަސްޓަމަރުންނަށް މޮބައިލް ބޭނުންކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ އަދި ވޮއިސް ބޭނުން މިންވަރަކަށް ސެޓްކޮށްލެވޭގޮތަށް ފަރުމާކޮށްފައިވާ ޕްލޭންއެކެވެ. އަދި އަމިއްލަ ޕޯސްޓްޕެއިޑްގެ "ވެލިއު ޕެކްސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ޚިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ވެލިއު ޕެކްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި ސްޓްރީމިންގ އެޑްއޮންސް ހިމެނެއެވެ. ސްޓްރީމިންގ އެޑްއޮންގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅުއްވާ ކަސްޓަމަރުންނަށް ޚާއްސަކޮށް އައިޑީޑީ ވެލިއު ޕެކްސް ވެސް ވަނީ ހިމަނާފައެވެ.

ހަމަމިއާއެކު، ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮމްބޯ ޕްލޭން އެކްޓިވޭޓް ކޮށްލައްވައިގެން ވޮއިސް، އެސް.އެމް.އެސް އަދި ޑޭޓާ ހަމަ އެންމެ ޕްލޭނަކުން ލިބޭނެއެވެ. އަދި މީގެ އިތުރުން، މި ޕްލޭންތަކުން ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާ ސްޓްރީމިންގ، ޗެޓް އަދި ސޯޝަލް މީޑިއާގެ އިތުރު ހިލޭ ޕެކްސް ވެސް ހަމަ އެންމެ އެކްޓިވޭޝަނަކުން ލިބޭނެއެވެ. މޮބައިލް އިންޓަނެޓް ޕްކޭޖްތަކަށް އަންނަ ބަދަލުތައް 1 އޮކްޓޯބަރ 2021ގެ 00:00ން ފެށިގެން ކަސްޓަމަރުންނަށް ލިބެން ފަށާނެއެވެ. އަދި 1 އޮކްޓޯބަރ ގެ 06:00ށް ހުރިހާ ކަސްޓަމަރުންނަށް ވެސް މި ބަދަލުތައް ފެންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
20%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
60%
ރުޅި ގަދަ ވެއްޖެ
20%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved