ދިރާގު މޮބައިލް އިންޓަނެޓް
ހުކުރު ދުވަހުން ފެށިގެން ދިރާގު މޮބައިލް އިންޓަނެޓް ޕްލޭންތަކަށް ހެޔޮ ބަދަލުތަކެއް
 
އިންޓަނެޓް ޕެކޭޖްތަކަށް އަންނަ ބަދަލުތައް 1 އޮކްޓޯބަރ 2021ގެ 00:00ން ފެށިގެން ކަސްޓަމަރުންނަށް ލިބެން ފަށާނެ
ކ. މާލެ |
ދިރާގުން ސަޅި ޕްރިޕެއިޑް ތައާރަފުކުރުން
ދިރާގު

ސަރުކާރުން އިންޓަނެޓްގެ އަގުހެޔޮ ކުރުއްވަން އިސްނަންގަވާ ކުރެއްވި މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދޭ މޮބައިލް އިންޓަނެޓް ޕެކޭޖްތައް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑްވްސް އިން އެޕްރޫވް ކޮށްފައިވާ ބަދަލުތަކާއެކު ހުކުރު ދުވަހުން ފެށިގެން ލިބޭނެއެވެ. 

މި ގެނެވޭ ބަދަލާއެކު ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންތަކަށް 29 އިންސައްތަ އާ ހަމައަށް އިތުރު އެލަވަންސް ލިބިގެންދާނެއެވެ. އެހެންކަމުން، ޑޭޓާގެ އަގު 22 އިންސައްތަ އާ ހަމައަށް ހެޔޮ ވެގެންދާނެއެވެ. ހަމަ މިއާއެކު، ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކަށް 36 އިންސައްތަ އާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ. އެގޮތުން، ކޮމްބޯ ޕްލޭންގެ ޑޭޓާގެ އަގު 33 އިންސައްތަ އާ ހަމައަށް ހެޔޮވެގެންދާނެއެވެ. މީގެ އިތުރުން، އެލް. ޓީ. އީ ބްރޯޑްބޭންޑް "ވަގުތުން ގެއަށް އިންޓަނެޓް" ޕެކޭޖްތަކަށް 30 އިންސައްތަ އާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބުމުގެ އިތުރަށް އިންޓަނެޓްގެ ސްޕީޑް 10 އެމް.ބީ.ޕީ.އެސް އިން 25 އެމް.ބީ.ޕީ.އެސް އާ ހަމައަށް އިތުރު ވެގެންދާނެއެވެ. މި ގެނައި ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު ޚަރަދަކާ ނުލައި ގިނަ ކަންތައްތައް އިންޓަނެޓް މެދުވެރިކޮށް ކުރެވޭނެއެވެ. އަދި ކޮންމެ ޖީބީއަކަށް ދާ ޚަރަދު ނިސްބަތުން ހެޔޮވެގެންދާނެއެވެ.

ދިރާގުގެ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކީ ކަސްޓަމަރުންނަށް މޮބައިލް ބޭނުންކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ އަދި ވޮއިސް ބޭނުން މިންވަރަކަށް ސެޓްކޮށްލެވޭގޮތަށް ފަރުމާކޮށްފައިވައި ޕްލޭންއެކެވެ. އަދި އަމިއްލަ ޕޯސްޓްޕެއިޑްގެ "ވެލިއު ޕެކެސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ޚިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ވެލިއު ޕެކްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި ސްޓްރީމިންގ އެޑްއޮންސް ހިމެނެއެވެ. ސްޓްރީމިންގ އެޑްއޮންގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅުއްވާ ކަސްޓަމަރުންނަށް ޚާއްސަކޮށް އައިޑީޑީ ވެލިއު ޕްކްސްވެސް ވަނީ ހިމަނާފައެވެ.

ހަމަމިއާއެކު، ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮމްބޯ ޕްލޭން އެކްޓިވޭޓް ކޮށްލައްވައިގެން ވޮއިސް، އެސް.އެމް.އެސް އަދި ޑޭޓާ ހަމަ އެއްމެ ޕްލޭނަކުން ލިބިވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން، މި ޕްލޭންތަކުން ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާ ސްޓްރީމިންގ، ޗެޓް އަދި ސޯޝަލް މީޑިއާގެ އިތުރު ހިލޭ ޕެކްސް ވެސް ހަމަ އެންމެ އެކްޓިވޭޝަނަކުން ލިބިވަޑައިގަންނަވާނެއެވެ.

މޮބައިލް އިންޓަނެޓް ޕްކޭޖްތަކަށް އަންނަ ބަދަލުތައް 1 އޮކްޓޯބަރ 2021ގެ 00:00ން ފެށިގެން ކަސްޓަމަރުންނަށް ލިބެން ފަށާނެއެވެ. އަދި 1 އޮކްޓޯބަރ ގެ 06:00ށް ހުރިހާ ކަސްޓަމަރުންނަށްވެސް މި ބަދަލުތައް ފެންނާނެއެވެ. ދިރާގު މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަންގައި މި ބަދަލުތައް ފެންނަން ވަގުތު ކޮޅެއް ނަގާނެ ކަމަށް ދިރާގުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
50%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
50%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved