ސްޕްރައިޓް އެތެރެ ފެންނަ ފުޅި
ފެހި ކުލައިގެ ފުޅި ދޫކޮށް، ސްޕްރައިޓުން އެތެރެ ފެންނަ ފުޅިއަށް ބަދަލުކޮށްފި
 
ސާފު ސްޕްރައިޓް ފުޅި ރާއްޖޭގައި ރަސްމީކޮށް ނެރުނީ މި މަހުގެ 19ގައި
ކ. މާލެ |
ސްޕްރައިޓްގެ އެތެރެ ފެންނަ ފުޅި
ބްލިންކްސް މީޑިއާ ޕްރައިވެޓް ލިމިޑަޓް

ދުނިޔޭގެ އެތައް ބައެއްގެ ލޯބި ލިބިފައިވާ ބުއިން، ސްޕްރައިޓުން އެ ބްރޭންޑުގެ މަޝްހޫރު ފެހި ކުލައިގެ ފުޅި ދޫކޮށްލައި އެތެރެ ފެންނަ، ސާފު ފުޅިއަކަށް ބަދަލުކޮށްފިއެވެ.

މިއީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ކޮކާ-ކޯލާ ބްރޭންޑުގެ އުފެއްދުންތައް 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެކޭޖިންގއަށް ބަދަލުކުރުމަށް ކޮކާ-ކޯލާއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ. ސާފު ސްޕްރައިޓް ފުޅި ރާއްޖޭގައި ރަސްމީކޮށް ނެރުނީ މި މަހުގެ 19ގައެވެ.

ތަކެތި ބަންދުކޮށްފައި ހުންނަ ޕެކޭޖިންގ ކުންޏަށް އުކާލުން އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ކާރިސާ ހައްލުކުރުމުގައި ކޮކާ-ކޯލާގެ ޒިންމާއެއް އޮތް ކަމުގައި ދެކެއެވެ. އެހެންކަމުން، 2018ގައި ކޮކާ-ކޯލާއިން ވަނީ "ވޯރލްޑް ވިތައުޓް ވޭސްޓް"ގެ ނަމުގައި ދެމެހެއްޓެނިވި ޕެކޭޖިންގއަށް ބަދަލުކުރުމަށްޓަކައި ޚާއްސަ މަޝްރޫއެއް ފަށާފަ އެވެ. ޕެޓް ފުޅިއާއި ބަންދުކުރަން ބޭނުންކުރާ ތަކެއްޗަކީ، ޕްލާސްޓިކް އުފެއްދުންތަކުގެ ތެރެއިން އެންމެ ލުއި އަދި އެންމެ ފުޅާދާއިރާއެއްގައި ރީސައިކަލް ކުރާ ބާވަތްތަކެވެ.

ސްޕްރައިޓުގެ އާ ޕެކޭޖިންގއެއް ތައާރަފްކުރަންޖެހުނު ސަބަބުތަކާ ގުޅޭ ގޮތުން، މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވީ ފަސޭހައިން ފުޅި ރީސައިކަލްކޮށް އަދި ތަފާތު އެއްޗެއްސަށް ބަދަލުކުރެވޭނެކަން އެނގިތިބެ، ދިވެހިންނަށް އެންމެ ކަމުދާ ސްޕާރކްލިންގ ލެމަން-ލައިމް ބުއިމުގެ މީރު ރަހަ އެއްވެސް ބަދަލެއް ނައިސް މިހާރު ތަޖުރިބާކޮށްލެވޭނެ ކަމަށެވެ. އަދި މިއީ، ދެމެހެއްޓެނިވި ތިމާވެށީގެ ކަންކަމަށް އެއްބާރުލުން ދިނުމާއެކު, ކުންފުނީގެ ވިޔަފާރި ފުޅާކުރަން ކުރެވޭ މަސައްކަތްތަކުގެ ބައެއް ކަމަށާއި ފުޅީގެ ކުލަ ބަދަލުވިޔަސް، ފުޅިން ލިއްބައިދޭ ބުއިމަކީ ހަމަ ކުރިން ވެސް ތަޖުރިބާކޮށް ލޯބި ހޯދާފައިވާ ސްޕްރައިޓުގެ ރަހަ ކަމަށްވެސް ވިދާޅުވިއެވެ.

1960ގައި ސްޕްރައިޓް ތައާރަފްކުރީއްސުރެ މިއަދާ ހަމައަށްވެސް ސްޕްރައިޓް މަޝްހޫރު ވެފައިވަނީ ފެހި ފުޅިންނެވެ. ފުޅި ބަދަލުކުރުމަކީ ވަރަށް ބޮޑު ބަދަލެކެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ބްރޭންޑް ކުރިއެރުވުމަށް ވެސް މުހިންމު ބަދަލެކެވެ. ސާފު ފުޅިއަކާ އެކު، ބޭނުންކޮށް ނިންމާފައި ހުންނަ ފުޅި އެއްކޮށް، ރީސައިކަލްކޮށް އަދި އަލުން ބޭނުންކުރުން އިތުރުވުމުގެ ފުރުސަތު ބޮޑުވެ، ރާއްޖޭގައި ޕްލާސްޓިކް ކުންޏާ ގުޅޭ ގޮތުން އަމަލުކުރެވޭ ގޮތް ވަށާޖެހޭ އިގްތިސާދީ ސިޔާސަތެއްގެ މަތިން ބިނާކުރެވިގެންދާނެ އެވެ. ސާފު ސްޕްރައިޓް ފުޅިއަކީ 100 އިންސައްތަ ރީސައިކަލް ކުރެވޭ ފުޅިއެކެވެ. މީގެ ސަބަބުން، ބޭނުންކުރުމަށް ފަހު އުކާލާ ފުޅީގެ ވެލިއު އިތުރުކުރެވި އަދި ތަފާތު އެހެނިހެން ބޭނުންތަކަށް އެ ފުޅި ބޭނުންކުރެވޭނެ ފުރުސަތު ފަހިވެގެންދާނެ އެވެ.

ކޮކާ-ކޯލާގެ "އަ ވޯރލްޑް ވިތައުޓް ވޭސްޓް" މަޝްރޫއަކީ، 2030 އަންނަންވާއިރަށް، ކޮކާ-ކޯލާއިން ވިއްކާ ކޮންމެ ފުޅިއެއް އަދި ދަޅެއް ބޭނުންކުރުމަށް ފަހު އެއްކޮށް ރީސައިކަލް ކުރުމުގެ އަޒުމުގައި ހިންގޭ މަޝްރޫއެކެވެ. ސްޕްރައިޓުގެ ސާފު ފުޅީގެ 300އެމްއެލް، 500އެމްއެލް، 1.25 ލީޓަރު އަދި 2 ލީޓަރުގެ ފުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސުޕަމާރކެޓްތަކާއި ރީޓެއިލް ފިހާރަތަކުން 19 ސެޕްޓެމްބަރު 2021އިން ފެށިގެން ލިބެން ހުންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved