ފަތުރުވެރިކަން އިޝްތިހާރުކުރުން
ރާއްޖެ ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ހިފަހައްޓަން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ: ޓޫރިޒަމް މިނިސްޓަރ
 
ޓޫރިޒަމް އެނދު ވެސް ކުރިއަށް އޮތް ތަނުގައި ދާނީ އިތުރުވަމުން
 
އަންނަ އަހަރު ހޯމް ސްޓޭ ޓޫރިޒަމް ފަށާނެ
 
ކުރިއަށް އޮތް 3 އަހަރަށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތައް އިތުރުކުރަންޖެހޭ
ކ. މާލެ |
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
ރާއްޖެއެމްވީ

ފަތުރުވެރިކަމުގެ ދާއިރާއިން ވޯލްޑް ލީޑިން ޑެސްޓިނޭޝަން ރާއްޖެއަށް ލިބިފައި އޮއްވައި، ރާއްޖެ ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ހިފެހެއްޓުން މުހިންމު ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ސަރުކާރުންނާއި، ޕްރައިވެޓް ސެކްޓަރތަކުން ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމަށް ކުރި މަސައްކަތުގެ ސަބަބުން ރާއްޖެ މިހާރު މިވަނީ މަޝްހޫރުވެފައި ކަމަށެވެ. އަދި ކުރިއަށް އޮތް 3 އަހަރަށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތައް އިތުރަށް ވަރުގަދަކުރަންޖެހޭކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިހާރު ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރަށް ބަލައި، ރާއްޖެ އިޝްތިހާރުކުރުން މަޑުޖައްސާލަން ހެޔޮނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖެއަށް ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ލިބިފައިވާއިރު، މިގޮތުގައި ހިފަހައްޓާލުން މުހިންމު ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ. މިއަދު މި ކުރާ އިޝްތިހާރުގެ އަސަރު ކުރަން ދުވަސްކޮޅެއް ނަގާނެ ކަމަށާއި، އެހެންނަމަވެސް މަސައްކަތް ކުރިއަށްގެންދަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވަން އަންނަ އަހަރު ހޯމް ސްޓޭ ޓޫރިޒަމް ފަށާނެ ކަން ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު ރާއްޖޭގައި ހުރީ 55،000 އެނދު ކަމަށާއި، އޭގެތެރެއިން 51،000 އެނދު އޮޕަރޭޝަންގައި އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހޯމް ސްޓޭ ޓޫރިޒަމް ފެށުމުން ފަތުރުވެރިކަމުގެ ޚިދުމަތަށް އިތުރު އެނދުތައް އަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތުގެ ތެރެއިން ހޯމް ސްޓޭ ޓޫރިޒަމް ވެސް އިތުރަށް ކުރިއަރުވަން މަސައްކަތް ކުރަން ޖެހިފައިވާކަމަށާއި، އަދި އަތޮޅުތެރޭގައި ހުރި އެއާޕޯޓުތައް ވެސް ނުހުއްޓި އޮޕަރޭޝަންގައި އޮންނާނީ އިންތިހާއަށް މާކެޓުކޮށްގެން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved