އެމްޓީސީސީގެ މަޝްރޫޢުތައް
އެމްޓީސީސީން 2 ވަނަ ކުއާޓާގައި އިތުރު 10 މަޝްރޫޢުއެއްގެ މަސައްކަތް ފެށި
 
ޖުމްލަ 86 މަޝްރޫޢުއެއްގެ މަސައްކަތް ދަނީ ކުރަމުން
 
02 މަޝްރޫޢުއެއްގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައި
 
އިތުރު 09 މަޝްރޫޢުއެއްގެ މަސައްކަތުގައި ވަނީ ސޮއިކޮށްފައި
ކ. މާލެ |
ފުޅަދޫ ބަނދަރު ތަރައްގީކުރުން
އެމްޓީސީސީ

މި އަހަރުގެ ދެ ވަނަ ކުއާޓާގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިތުރު 10 މަޝްރޫޢުއެއްގެ މަސައްކަތް ފަށާފައިވާ ކަަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޓީސީސީގެ މި އަހަރުގެ ދެ ވަނަ ކުއާޓާގެ ކުއާޓާ ރިޕޯޓް އާންމުކޮށްފައިވާ އިރު، އެކުންފުނިން ވަނީ ދެ ވަނަ ކުއާޓާގައި އިތުރު 09 މަޝްރޫޢުއެއްގެ މަސައްކަތުގައި ސޮއިކޮށް އިތުރު 10 މަޝްރޫޢުއެއްގެ މަސައްކަތް ފަށާފައެވެ. އަދި މި ކުއާޓާގެ ތެރޭގައި 02 މަޝްރޫޢުއެއްގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޓީސީސީން މިވަގުތު 86 މަޝްރޫޢުއެއްގެ މަސައްކަތް ކުރަމުންދާއިރު، އޭގެ ތެރެއިން 41 މަޝްރޫޢުއަކީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުތަކެވެ. އަދި ބިން ހިއްކުމުގެ 15 މަޝްރޫޢުއަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 11 މަޝްރޫޢުއެއްގެ އިތުރުން މަގު ހެދުމުގެ 10 މަޝްރޫޢުއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެމްޓީސީސީން ވަނީ އެއަރޕޯޓް ތަރައްގީކުރުމުގެ 02 މަޝްރޫޢުއާއި އިމާރާތް ކުރުމުގެ 02 މަޝްރޫޢުއެއްގެ އިތުރުން ނަރުދަމާގެ މަޝްރޫޢުއަކާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުއެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.

އަހަރުގެ ދެ ވަނަ ކުއާޓާގައި އެމްޓީސީސީން ވަނީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޮތުގައި 05 މަޝްރޫޢުއެއްގެ މަސައްކަތް ކޮށްފައެވެ. އެއީ ވިއްސާރައިގެ ސަބަބުން ހއ. ހޯރަފުށި އެއަރޕޯޓަށް ލިބުނު ގެއްލުންތައް މަރާމާތު ކޮށްދިނުމާއި މާލެ ސިޓީގެ ޒިކުރާ މިސްކިތް އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި ވިއްސާރަ މޫސުމާ ދިމާކޮށް އައްޑޫ ސިޓީ ކައުންސިލުން ބޭނުންވި ސާމާނު ފޯރުކޮށްދިނުމެވެ. އޭގެ އިތުރުން ގއ. ވިލިނގިލި ފަތާ ސަރަހައްދުގެ ޑްރެޖިންގެ މަސައްކަތާއި ސ. ފޭދޫ ސްވިމިން ޓްރެކްގެ ރިވެޓްމެންޓް މަސައްކަތް ވަނީ ކޮށްދީފައެވެ.

އެމްޓީސީސީން ދަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved