ޓްރޭޑްނެޓް ކޯޕަރޭޝަން ލިމިޓެޑް
ޓްރޭޑްނެޓްގެ ޚިދުމަތްތައް ވަރަށް އަވަހަށް އިތުރު މިނިސްޓްރީތަކަށް ލިބިގެންދާނެ
 
އިކޮނޮމިކް މިނިސްޓްރީގެ ކޯލް ސެންޓަރުގެ ޚިދުމަތް ވެސް ފޯރުކޮށްދެނީ ޓްރޭޑްނެޓުން
 
ކުންފުނީގެ މަޤްސަދަކީ ސަރުކާރުން ފޯރުކޮށްދޭ ވިޔަފާރިއާ ގުޅުންހުރި ޚިދުމަތްތައް އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން
 
ޓްރޭޑްނެޓް ކުންފުންޏަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް
ކ. މާލެ |
ޓްރޭޑްނެޓް ކޯޕަރޭޝަން ލިމިޓެޑް
ފޭސްބުކް

ޓްރޭޑްނެޓް ކޯޕަރޭޝަން ލިމިޓެޑްގެ ޚިދުމަތްތައް ވަރަށް އަވަހަށް އިތުރު މިނިސްޓްރީތަކަށް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ޓްރޭޑްނެޓްގެ ޚިދުމަތްތައް ފުޅާކުރަމުންދާ ކަމަށާއި ވަން ސްޓޮޕް ސަރވިސް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ވަން ސްޓޮޕް ސަރވިސް އަކީ ވިޔަފާރިއާ ގުޅޭ ސަރުކާރާ ގުޅުންހުރި ހުރިހާ ޚިދުމަތްތައް އެއްތަނަކުން ފޯރުކޮށްދިނުމެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ ކޯލް ސެންޓަރުގެ ޚިދުމަތް ވެސް ފޯރުކޮށްދެނީ ޓްރޭޑް ނެޓް ކުންފުނީގެ ދަށުންނެވެ.

ޓްރޭޑްނެޓް ކުންފުންޏަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. ސަރުކާރުން ފޯރުކޮށްދޭ ވިޔަފާރިއާ ގުޅުންހުރި ޚިދުމަތްތައް އެއްތަނަކުން ލިބޭނެ އިންތިޒާމު މި އަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ރޭގަނޑު ވެސް މިތަނުގެ ޚިދުމަތް ލިބޭނެ ކަމަށާއި އެތަނުން ސަރުކާރުގެ މިނިސްޓްރީތަކާއި އެއްބަސްވުންތައް ހަދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ވިޔަފާރިއާ ގުޅޭ ހުރިހާ މުއާމަލާތެއް އެއް ފުރާޅެއްގެ ދަށަށް ބަދަލު ކުރުމުގެ ގޮތުން ޓްރޭޑްނެޓް މޯލްޑިވްސް ސަރުކާރުން އުފައްދާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެެރޭގައެވެ. އެ ކުންފުނީގައި ޗެއާރމަނަކާއި މެނޭޖިން ޑިރެކްޓަރުގެ އިތުރުން ހަތަރު ޑިރެކްޓަރުން ތިއްބަވައެވެ. އެގޮތުން ކުންފުނީގެ ޗެއަރމަނަަކަށް ޔޫސުފް ރިޒާ ހަމަޖައްސާފައިވާއިރު މެނޭޖިންގ ޑިިރެކްޓަރަކީ އަހުމަދު ޝިހާމް އަލީއެވެ. މީގެ އިތުރުން ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވަނީ ނާހިޔާ މުހައްމަދާއި ޝުރުފާ އަބްދުލްވާހިދާއި މަހުމޫދު ރިޔާޒުގެ އިތުރުން މަރިޔަމް ވިޝާމާ އަހުމަދެވެ.

ޓްރޭޑް ނެޓް ކުންފުނި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް އެއް ވިއުގަޔަކުން ގުޅާލުމުގެ ވިސްނުންފުޅުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved