އެމްޑީޕީ
ޕާޓީގެ އެންމެ ބޮޑު މަގުސަދަކަށް ވާންޖެހޭނީ ވެރިކަން ދެމެހެއްޓުން - އަސްލަމް
 
އެމްޑީޕީގެ ކަންކަން އަބަދުވެސް ނިންމާނީ ޕާޓީގެ ތެރެއިން އެކަންކަމާ ގުޅުންހުރި ގުނަވަންތަކުން
 
ރައީސް ނަޝީދު ފާޅުކުރައްވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ޚިޔާލު
 
ރާއްޖޭގައި މިއޮތް ވެރިކަމަކީ، އެމްޑީޕީން ގަބޫލުކުރި އަސާސެއްގެ މައްޗަށް ބިނާކޮށް އެކުލަވާލެވުނު ވެރިކަމެއް
ކ. މާލެ |
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް، މަޖިލީހުގެ ރައީސް ނަޝީދުއާއި ރައީސް ޞާލިޙާއެކު
ޓްވިޓަރ

ޕާޓީގެ އެންމެ ބޮޑު މަގުސަދަކަށް ވާންޖެހެނީ ވެރިކަން ދެމެހެއްޓުންކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގައި އެންމެ ދުވަސްވީ އެއް މެމްބަރު އަސްލަމް ވިދާޅުވީ، ރާއްޖޭގައި މިއޮތް ވެރިކަމަކީ އެމްޑީޕީން ގަބޫލުކުރި އަސާސެއްގެ މައްޗަށް ބިނާކޮށް އެކުލަވާލެވުނު ވެރިކަމެއް ކަމަށާއި، ޕާޓީގެ އެންމެ މުހިންމު ކަމަކަށް ވާން ޖެހޭނީ ވެރިކަން ދެމެހެއްޓުން ކަމުގައެވެ. އެހެންކަމުން ސަރުކާރު ބަލިކަށިވާގޮތަށް ޕާޓީގެ ތެރެއިން އެއްވެސް ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

އަސްލަމް މިހެން ވިދާޅުވެފައިމިވަނީ، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު، އިދިކޮޅު ކޯލިޝަނާ ގުޅިގެން މަސައްކަތްކުރެއްވުމަށް ތަކުރާރުކޮށް ޝައުގުވެރިކަން ފާޅުކުރައްވަމުންދާ ދަނޑިވަޅެއްގައެވެ. އަދި ރައީސް ޞާލިޙާއެކު ސިޔާސީ ގޮތުން މަސައްކަތް ނުކުރެވޭނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ މި ޚިޔާލުފުޅުތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން އަސްލަމް ވިދާޅުވީ، ރައީސް ނަޝީދު ފާޅުކުރައްވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ޚިޔާލު ކަމަށެވެ. އެމަނިކުފާނު މަސައްކަތްކުރައްވާނެ ގޮތް އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށް ކަމަށާއި، އެކަމަށް ކޮމެންޓެއް ނުކުރައްވާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ، އެމްޑީޕީގެ ކަންކަން އަބަދުވެސް ނިންމާނީ ޕާޓީގެ ތެރެއިން އެކަންކަމާ ގުޅުންހުރި ގުނަވަންތަކުން ކަމަށެވެ. ޕާޓީގެ އެއްވެސް ގުވަނަކުން އޮޕޮޒިޝަނާ ގުޅިގެން އެއްވެސް މަސައްކަތެއް ކުރަން ބޭނުންވެގެން އެވާހަކަ ޕާޓީތެރޭގައި ނުދެކެވޭކަމަށެވެ. އަދި އިދިކޮޅުގެ އެހީތެރިކަން ހޯދައިގެން ސިޔާސީ މަސައްކަތް ކުރުމުގެ ވިސްނުން ޕާޓީގައި ނެތްކަމަށެވެ.

ސަރުކާރު ހިނގަމުން އަންނަ ގޮތާމެދު ހިތްޕުޅުހަމަޖެހޭ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
44%
އަންތަރީސް ވެއްޖެ
33%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
11%
މޮޔަވެއްޖެ
11%
ލިޔުން ރަނގަޅު
ކޮމެންޓް
22 ޖުލައި 2021 | ބުރާސްފަތި 07:42
ދުރުމި
މެދުމިނުގެ ކަލޭގެ އަތަށް ގޮވަނީ ދޯ
raajjemv logo

All rights reserved